2048

BvunsAoCQAAgd57

މިއަދަކީ ދިވެހި ރާއްޖޭގެ 85 ވަނަ މިނިވަން ދުވަހެވެ. ވެރިރަށް މާލެ ވަނީ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނަލަ ހައްދާފައެވެ. ބޮޑު ވަޒީރު މުހައްމަދު ފަލާޙް ރަސްމީ ކުޅިވަރުތައް ބައްލަވާ ލެއްވުމަށް މޮޓޮކޭޑް ގައި މުހައްމަދު ނަޝީދު ހަނދާނީމައިދާނަށް މިސްރާބް ޖައްސަވައިފިއެވެ. މިއީ ކުރީގެ ޖުމްހޫރީ މައިދާނެވެ. މި މައިދާނަށް ނަށް ނަން ދެވިފައިވަނީ ކުރީގެ ރައީސް އަދި ދިވެހި ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދެއްވި ގައުމީ ބަތަލް މުހައްމަދު ނަޝީދުގެ ނަމުންނެވެ. ފަލާހް ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ-ޑީއާރްޕީ ކޯލިޝަން 2048 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބް ކާމިޔާބުކުރުމާ ގުޅިގެންނެވެ. 2030 ވަނަ އަހަރު ރައީސް އަހްމަދު ފަހުމީގެ ވެރިކަމުގައި ގާނޫން އަސާސީ އިސްލާހްކޮށް ވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށްފައެވެ.

“ޓީވީ މޯލްޑިވްސް އަށް ލާބަލަ، މިހާރު ކުޅިވަރުތައް ދައްކަން ފަށާނެ”

ހަމަ ޖެހިލައިގެން މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތައް ބަލަން ސޯފާގައި ޖައްސާލައިފީމެވެ. މިހާރު ދަނީ މުހައްމަދު ނަޝީދު ހަނދާނީ މައިދާނުން ލައިވްކުރަމުންނެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދަނީ ބޮޑު ވަޒީރު މުހައްމަދު ފަލާހް ވަޑައިގަންނަވާނެއިރަކަށެވެ.

ކުއްލިއަކަށް ލައިވް މެދުކެނޑިއްޖެއެވެ.

ކުއްލި ހަބަރު

ބޮޑު ވަޒީރު މުހައްމަދު ފަލާހްގެ މޮޓޯކޭޑަށް ބޮމުގެ ހަމަލާއެއް ދީފި

ބޯޑު ވަޒީރު މުހައްމަދު ފަލާހްގެ ކާރުކޮޅަށް ދިން ބޮމުގެ ހަމަލާއެއްގައި އެ މަނިކުފާން އަވަހާރަވެއްޖެ

އަހަރެންނަށް ހީވީ ބިންގަނޑު ކަނޑައިގެން އަޑިޔަށް ދިޔަހެންނެވެ. އެކި ޗެނަލްތަކުން މި ހަބަރު ބްރޭކް ކުރަމުން އެބަ ދެއެވެ. ލިބުނު ކުއްލި ހައިރާން ކަމާއި ޝޮކްގައި އަހަރެން ބިއްޖެހިއްޖެއެވެ.  ލާމް އަތޮޅު ގަމުގައި ވަކި ދައުލަތެއް ގާއިމްކުރުމަށް ހަނގުރާމަ ކުރަމުންދާ ހައްދުފަހަނައެޅި ލަޝްކަރޭ މަހަލްދީބްގެ އިސް ކޮމާންޑާރ ޔޫސުފް އިމްރާން ބޮޑުވަޒީރު އަވަހާރަ ކޮށްލާނެ ކަމުގެ އިންޒާރު ދިންތާ އަދި މަހެއް ނުވެއެވެ.

އަވަހަށް ކާރުގައި މާލެއަށް ދިއުމަށް ހުޅުމާލެއިން ނައްޓާލައިފީމެވެ. ހުޅުލޭ މާލޭ ބްރިޖް ގެ ކާރޫ ބާރޫ މި ގަޑީގައި ވަރަށް ބޮޑުވާނެއެވެ.

“އަނބުރާލާފަ ހުޅުމާލެއަށް ދޭ، ބްރިޖް މިއޮތީ ބަންދުކޮށްފައި”

އެހެން ނޫނަސް މި ގަޑީގައި މާލެ އެރުން ރައްކާތެރިއެއް ނޫނެވެ.

ޓްވިޓާއަށް ވަދެލައިފީމެވެ.

ހާވީރު އޮންލައިން: ބޮޑު ވަޒީރު މުހައްމަދު ފަލާހް އަވަހާރަކޮށްލުމުގެ ޒިންމާ ލަޝްކަރޭ މަހަލްދީބުން އުފުލައިފި.

ހަވީރުގެ ޓްވީޓް ރީޓްވީޓް ކޮށްލުމަށް ފަހު އެންމެ ބާރު ދުވެލީގައި ގެއަށް ދިއުމަށް ކާރުގައި ނައްޓާލައިފީމެވެ.

. ޖީ.އެމްއާރު އިންޓަނޭޝަނަލް އެއާރ ޕޯރޓް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ

1 Comments

ޚިޔާލު ފާޅުކުރޭ