ނަސީބުވެރި ސިފައިންގެ މީހާ

work.6207432.2.flat,550x550,075,f

އަހަރެންގެ ވާހަކަތައް އޭނާއަށް ކިޔާ ދިނީމެވެ.
މިސްރާބެއް ނެތި ކަނޑުގައި އޮޔާދާ ރާ ހުސްކުރި ފުޅިއެއް ފަދައިން އަހަރެން ވީމެވެ.
އޭނާގެ އަތުގައި ހިފާ ލަވައެއް ކިޔާދިނުމުން ގަޔާ ކައިރިކޮށްލާށޭ ބުނާނެއެވެ.
ނަމަވެސް މިހާރު މުސްކުޅިވަމުންދާ ކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ.
އަދި އަހަރެން އޭނާއަށް ކިޔާދިން ލަވަތައް މާ ދުރުން އިވޭކަހަލައެވެ.
އެނބުރެމުންދާ ބުރަފައްޗެއްގެ އަޑުހެނެވެ.
އަހަރެންނަށް ހީވަނީ އަހަރެންގެ ދިރިއުޅުން އަބަދު ވެސް ވާނީ ނަސީބުވެރި ސިފައިންގެ މީހާގެ ދިރިއުޅުމަށެވެ.
އެ ސިފައިންގެ މީހާ ލޯބިވާ މީހުން ދޫކޮށް ހަނގުރާމައަށްދެއެވެ. ފަހަރުގައި އެނބުރި ގެއަށް އާދެވިދާނެއެވެ. ނުވަތަ ހަނގުރާމައިގެ މައިދާނުގައި މަރުވެދާނެއެވެ.
އަހަރެން މުސާފިރެއް ފަދައިން ސަހަރާގެ ތެރޭގައި ދަތުރުކުރަމުން ދިޔައީމެވެ.
އެހެން ދުވަހެއް ފެނޭތޯއެވެ.
ކުރީގެ ދުވަސްތަކެވެ. ފިނި ރޭތަކެވެ.
އަހަރެން އެކަނި އަނދިރީގެތެރޭގައި ވީމެވެ.
އެރޭތަކުގައި އޭނާ އަހަރެންގެ ކައިރީ ހުރިހެން ހީވިއެވެ.
ކަޅުފޮއެ އަދިރިކަން އަހަރެންނަށް އޮޅުވާލީއެވެ. އޭނާ އެއް ނެތެވެ.
ނަމަވެސް މިހާރު މުސްކުޅިވަމުންދާ ކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ.
އަދި އަހަރެން އޭނާއަށް ކިޔާދިން ލަވަތައް މާ ދުރުން އިވޭކަހަލައެވެ.
އެނބުރެމުންދާ ބުރަފައްޗެއްގެ އަޑުހެނެވެ.
އަހަރެންނަށް ހީވަނީ އަހަރެންގެ ދިރިއުޅުން އަބަދު ވެސް ވާނީ ނަސީބުވެރި ސިފައިންގެ މީހާގެ ދިރިއުޅުމަށެވެ.

ޚިޔާލު ފާޅުކުރޭ