ހަވައްޑޭ ތުއްތީދީ ކިލެގެފާނުންނަށް ފޮނުވި ރައިވަރު

tourism_language

މިއަދު ކަމަކާ ނުލާ

ވިއަތި ލޭ އެތެރޭގެ މާ

ނިއަތު އަބަދަ ގެހި ތުރާ

ތިޔަކަމާ ހައިރާނުގާ

ކިޔަމެ ފުން މާނައެއް ނުކޮށް

ފިޔަވައި ދީން ދޫނުކޮށް

 

 މިއީ ހަވައްޑޭ ތުއްތީދި ރަންނަބަނޑޭރި ކިލެގެފާނު އޭނާގެ ފަޅުރަށެއް ނެގީމައި އެކަމާ ހިތްހަމަ ނުޖެހިގެން ކިލެގެފާނަށް ފޮނުވި ރައިވަރެކެވެ. ކިލެގެފާނަށް ރައިވަރުގައި ބުނާ އެއްޗެއް ނޭނގުމުން ތުއްތީދީ ކައިރިއަށް މީހަކު ފޮނުވިއެވެ. ތުއްތީދީ ޖަވާބުގައި ދެންނެވީ މި ތިން ބަސް ރައިވަރެވެ.
އަކުރު ހަބަހުގެ ހަތަރުވަނަ
ފަކުރު ނެތި ޒާތަކަށް ލަވައި
ތަކުރާ ފާނދެ އެކުލަވައި
ތުއްދީތީ ފުރަތަމަ ފޮނުވި ރައިވަރުގައި ފޮރުވިފައި ވަނީ ނުބައި މާނައެކެވެ. އެ ރައިވަރުގައި ފޮރުވިފައިވާ “އައުގުރާނަ” ފަހުން ފޮނުވި ތިން ބަސް ރައިވަރު ކިޔާލުމުން އިނގޭނެއެވެ. ހަ ބަސް ރައިވަރުގެ ކޮންމެ ބަހެއްގެ ހަތަރުވަނަ އަކުރު ނަގަންވީއެވެ. އަދި ޒާތަކަށް އެކުލަވާން ވީއެވެ. އޭރުން ކިޔޭނީ “ކަލޭ އަމފުއ” އެވެ.

ޚިޔާލު ފާޅުކުރޭ