ގަންޖާ

ganjaa
ޅެން: ހުސައިން ދީދީ
އަސްތަ އަސްތާ ހޭ ކަތުންނޭ ދަނެ ހުރީމުތޯއޭ ނަން އެ މޮޅުކުރި ގަންޖާ
ވިސްނުމާއި ބުއްދިޔަށް އައު ރޫޙަކާއި ދިރުމެއް ގެނެސްދޭ އެ ގަންޖާ
އުނގެނުމަށް އެންމެހާ އިލްމުތައް، ދުނިޔޭގެ މަޝްރިޤާއި މަޤްރިބުން
އުނގެނި އިލްމުވެރިވުމަށް ވާ މަގަކީ، ބަލަ ނަން އެ މޮޅުކުރި ގަންޖާ
ލޯހުޅުވި ދުނިޔެ އެކި އެކި ކުލަތަކުން، ފުރިގެން އެފަލާ އެކީ ދައްކާ
އުހައުވެރިކަމުގެ ދާނަކަށް ފިކުރު އުދުއްސާ ދެނީ ނަން އެ މޮޅުކުރި ގަންޖާ
އިންސާނީ މި ހިތުގެ ސާފުކަމާއި، މަތިވެރި ހުލްޤް ފެނިގެންދަނީ
އިންވަކިވެ ނުދާވަރަށް ބެއްލެވުމުންނެ، ނަން އެ މޮޅުކުރި ގަންޖާ
އެންމެހާ ޚަކީމުނާއި ޑަކްޓަރުން، އެއްވެ ތިބެ ހޯދިހެން ފެނިގެން ދަނީ
ހަށިގަނޑަށް ތަސައްލީ ލިބޭކަމެ، ބޯލުމުން ނަން އެ މޮޅުކުރި ގަންޖާ

ޚިޔާލު ފާޅުކުރޭ